ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި
- ޙުސައިން އަޙުމަދު

- Aug 3, 2021
- 1 min read

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް ހުޅުވައިފިއެވެ.
06 މަހުން މަތީގެ ކުޑަކުދިންނަށް ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވާ މި ކްލިނިކް ހުޅުވާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
މި ކްލިނިކުން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެތެރޭގައި، ހެދި ބޮޑުވުމާއި، ޑައެޓާ ގުޅުންހުރި މައްސަލަތަކުގައި ކުދިންނަށް ފަރުވާދޭނެއެވެ. މިފަދަ މައްސަލަތަކަށް ފަރުވާދިނުމަށް އެ ހޮސްޕިޓަލުން ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފައިވީ ނަމަވެސް އެ ޕެކޭޖު އިންޝުއަރެންސުން ކަވަރއެއް ނުކުރާނެއެވެ.
މީގެ އިތުރު ޚިދުމަތްތަކުގެތެރޭގައި ކުދިންނަށް ކާނާ ދިނުމުގައި ޢަމަލުކުރަންޖެހޭ އިރުޝާދުތައް ދިނުމާއި، ކަސްޓަމައިޒް ޑައެޓް ޕްލޭންތައް ހަދައިދިނުމާއި، ކުދިން އެލާޖިކްވާ ކާނާގެ ބާވަތްތައް ޓެސްޓުކޮށް ދިނުމާއި، ކަސްރަތާބެހޭ މަޢުލޫމާތު ދިނުމާއި، ވިޓަމިންސްއާއި މިނަރަލްސް ފަދަ އެކިއެކި މާއްދާތައް ހަށިގަނޑުގައި މަދުތޯ ބަލަން ލޭގެ ޓެސްޓުތައް ހަދައިދިނުން ވެސް ހިމެނެއެވެ.








Comments