https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކެބިން ކުރޫއިން ވެސް މާދަމާ އިހްތިޖާޖަށް ނުކުންނަން ނިންމައިފި

  • މާހިރު މުޙައްމަދު
  • Sep 11, 2021
  • 1 min read

ލިބެންޖެހޭ އިޔާތްތަކާއި، އެލަވެންސްތައް ނުދީ ހިފަހައްޓާފައިވާތީ ޤައުމީ އެއާރލައިން މޯލްޑިވިއަން ކެބިން ކްރޫއިންވެސް އާދީއްތަ ދުވަހުން ފެށިގެން ދަތުރު ނުކުރަން ނިންމައިފިއެވެ. ޤައުމީ އެއާލައިންގެ މުވައްޒިފުންގެ ތެރެއިން އެންމެ މުހިންމު ވަޒީފާތަކުގައި އުޅުއްވާ ގިނަ ބޭފުޅުންތަކެއް މެނޭޖްމަންޓަށް ހުށަހެޅި ކަންކަން ހައްލު ނުކޮށްދެވޭ ނަމަ، އާދީއްތަ ދުވަހު ވަޒީފާއަށް ނުނިކުންނާނެ ކަމަށް ބުނެފައެވެ.


މި ނޫހާއި ވާހަކަ ދެއްކެވި ކެބިންކުރޫއަކު ބުނެފައި ވަނީ ކުންފުނިން އަމަލުކުރަމުންދާ ގޮތާއިމެދު ގިނަ މުވައްޒިފުންތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ކެބިން ކްރޫއިންނަށް ވެސް 2015 އިން ފެށިގެން ލިބެން ޖެހޭ ޑެއިލީ އެލަވަންސް ނުލިބި އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް މެނޭޖްމަންޓުގައި ކޮށްފައިވާ ކަމަށާާާާއި އެ ފައިސާ ދިނުމަށް ކުރީގެ އެމްޑީ ރިޒްވީ ހުންނެވި އިރު ވައުދުވެ އެކަމަށް މަސައްކަތްތަކެއް ފަށާފައިވަނިކޮށް ކޯވިޑް-19 ކުރިމަތިވެ އެކަން މިހާރު ހަދާން ނެތިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ކެބިންކުރޫ އިންނަށް ލިބެންޖެހޭ އެހެން ވެސް އެލަވަންސްތަކާއި، ކޯވިޑާއި ގުޅިގެން މުސާރައިން ކަނޑާލި ބައި ވެސް މިއަދާއި ހަމަޔަށް ވެސް އިޔާދަކޮށްފައި ނުވާކަމަށެވެ. މިކަންކަމުގެ ޝަކުވާ ކެބިންކުރޫ އިންގެ ފަރާތުން ވެސް މެނޭޖްމަންޓާއި ހަމަޔަށް ގެންދިޔަ ނަމަ ވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށެވެ.

މޯލްޑިވިއަން ޑޭޝް-8 ދުއްވާ ޕައިލެޓުންނާއި، ކުންފުނީގެ މެނޭޖްމަންޓާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައި ކެޕްޓަނުން ވަނީ މުސާރައަށް ބަދަލު ގެނައުމާމެދު ކުންފުނީގެ މެނޭޖްމަންޓަށް މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހާއި ހަމައަށް މުސާރައާއި ގުޅޭގޮތުން އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމަށް މެނޭޖްމަންޓުން ނާންގައިފި ނަމަ، ވަޒީފާއަށް ނުނިކުންނާނެ ކަމަށް ވަނީ އަންގާފައެވެ. ޑޭޝް-8ގެ ޕައިލެޓުން އިހުތިޖާޖަށް ނިކުތުމަށް ތައްޔާރުވަމުންދާ އިރު، މޯލްޑިވިއަން ސީޕްލެއިންގެ 7 ޕައިލެޓަކު ވަނީ ކުންފުނިން އިސްތިއުފާ ދީފައެވެ. އަދި އިތުރު ޕައިލެޓުންވެސް މަޤާމުން ވަކިވުމަށް މިފެށޭ ހަފްތާގައި ހުށަހަޅާނެކަމަށް މައުލޫމާތު ލިބިފައެވެ.


މޯލްޑިވިއަންގެ މެނޭޖްމަންޓުން އަމަލު ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހި، ކުންފުނީގެ އިސް 3 މަޤާމެއްގައި ތިއްބެވި ބޭފުޅަކު ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މޯލްޑިވިއަން އިން ބުނެފައި ވަނީ ޕައިލެޓުން ވަކިވި ކަމުގައި ވީނަމަވެސް ކުންފުންޏަށް އެއްވެސް ދައްޗެއް ނެތްކަމަށްް ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page