https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބުރުނި ފަޅުތެރެއަށް ރާގޮނޑި ވަދެ ރައްޔިތުން ހެއްވާލައިފި

  • މާހިރު މުޙައްމަދު
  • Aug 19, 2021
  • 1 min read

ތ.ބުރުނީ ފަޅުތެރެ އަށް ގިނަ އަދަދެއްގެ ރާގޮނޑި ވަންނަމުންދާތީ، ރައްޔިތުން ފޯރީގައި ނުކުމެ ރާގޮނޑި ހިފައިފިއެވެ.


ބުރުނީއަކީ ފަޅުތެރެއިން ގިނަ އަދަދަކަށް ރާގޮނޑި ފެންނަމުންދާ ރަށެއް ނަމަވެސް މިހާރު އެ ރަށު ފަޅުތެރެއިން ރާގޮނޑި ފެނިފައި މިވަނީ 4 ވަރަކަށް އަހަރު ފަހުންނެވެ. ބުރުނީ ފަޅަށް ރާގޮނޑި ތިލަވާން ފެށީ މީގެ ދެތިން ދުވަސް ކުރިންނެވެ.


ރާގޮނޑި ހިފުމަކީ ޒަމާނުއްސުރެ އެ ރަށުގައި ވަރަށް ފޯރިއާއި އެކު ކުރަމުން އަންނަ ކަމަކަށްވާ އިރު މީގެ ކުރިން ރާގޮނޑި ފަޅުތެރެއަށް ތިލަވާ ފަހަރުތަކުގައި އެތައް ހާސް ރާގޮނޑިއެއް އެއްފަހަރާ ހިފައެވެ. އެ ރަށު ގިނަ އަދަދެއްގެ ރައްޔިތުން ރާގޮނޑި ހިފަން ނުކުމެފައިވާ އިރު މިފަހަރު ވެސް ވަނީ ގިނަ އަދަދެއްގެ ރާގޮނޑި ހިފާފައިވެއެވެ.



ބުރުނީ މީހުން ރާގޮނޑި ހިފާއިރު ކުދިބޮޑު އެންމެން ބައިވެރިވާ މިހަރަކާތް ބަލަން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ނިކުމެއެވެ.



ރާއްޖޭގެ ރަށްތަކުގައި ޒަމާނުއްސުރެ މިގޮތަށް ފަޅުތެރެއަށް މަސް އައިން ވަނުމުން ރަށުގެ އެންމެން ނިކުމެ ވަރަށް ފޯރީގައި މަސްހިފާ ރަށުގެ ހުރިހާ ގެއަކަށް މަސްބަހާ ހަދައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page