10 ދުވަސްތެރޭގައި ބުރިޖުގެ ޢަމަލީ މަސައްކަތްކުރަން ހަވާލުކުރެވޭނެ- އަސްލަމް
- Goal mv
- Jun 29, 2021
- 1 min read

ކުރިއަށް އޮތް 10 ދުވަސްތެރޭގައި، ތިލަމާލޭ ބުރިޖުގެ ޢަމަލީ މަސައްކަތްކުރަން ކުންފުންޏަކާއި ހަވާލުކުރެވޭނެކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ތިލަމާލޭ ބުރިޖުގެ ޢަމަލީ މަސައްކަތްކުރަން މި މަސް ނިމުމުގެ ކުރިން ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަހުގެ 08 ވަނަ ދުވަހުގައެވެ. ނަމަވެސް މުއްދަތު ހަމަވާން ގާތްވިއިރު ވެސް، އެ މަސައްކަތްކުރަން ބަޔަކާއި ހަވާލުނުކުރެވިފައިވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަވަސްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ތިލަމާލެ ބުރިޖު އަޅާނެ ބަޔަކު ކަނޑައަޅަން ކުރާ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. ހަމައެހެންމެ ކުރިއަށް އޮތް 10 ދުވަސްތެރޭގައި ކޮންޓްރެކްޓްގައި ސޮއިކޮށް މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމަށެވެ. އަސްލަމް މީގެ ކުރިން ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ މެދާ ހިސާބަށްދާއިރު ތިލަމާލެ ބުރިޖު ފެނުން މައްޗަށް ފެންނަން ހުންނާނެއެވެ.








Comments