ބޮމުގެ ހަމަލާ ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު ޢާންމުކޮށްފި
- ޙުސައިން އަޙުމަދު

- Jun 30, 2021
- 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ޖޫން 11 ގައި ހައްޔަރުކުރި މީހާގެ ވަނަވަރު ޢާންމުކޮށްފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެން ހަމަލާދިނީ މެއިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެރޭ ނީލޯފަރު ހިނގުމުގައެވެ. ހަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރީ ވ.ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދާއި، މއ.ފޭރުގޭ މުޖާޒް އަޙްމަދާއި، ގއ.ކޮނޑޭ، ފޮޅޭމާ ތަހުމީން އަޙްމަދެވެ. އެއަށްފަހު ހައްޔަރުކުރީ ލ.ގަމަށް ނިސްބަތްވާ އަޙްމަދު ފާތިޙުކިޔާ މީހެކެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ޖޫން 11 ވަނަ ދުވަހު ހައްޔަރުކުރީ ނ.މަނަދޫ/ނޫރީގޭ ޢުމުރުން 27 އަހަރުގެ ޢަލީ ހައިޝަމް ކަމަށެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން މި މަހުގެ 27 ގައި ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. ހައިޝަމްއަކީ ވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހަމަލާގައި އޭނާގެ ދައުރަކީ ކޮބައިކަމެއް ހާމައެއް ނުކުރެއެވެ.








Comments