ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ވަކީލަކަށް ކާސްޓީ
- މާހިރު މުޙައްމަދު
- Aug 18, 2021
- 1 min read

ހުސްވި މެއިމަހުގެ 06 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަޙްޤީޤުގެ ކަންކަން ބެލުމަށް، އެ މަނިކުފާނުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލަކު ހަމަޖައްސަވައިފިއެވެ.
ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވީ އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކާސްޓީ ބްރިމްލޯއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައީސް ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކާސްޓީ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ ގޮތުން ހަމަލާ ރާވައި، ހިންގައި ފަންޑުކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ކާސްޓީ މަސައްކަތް ކުރައްވާނެ ކަމަށެވެ.








Comments