ބޮމުގެ ހަމަލާދިން ހައިޝަމް، ޝަރީޢަތް ނިމެންދެން ބަންދަށް
- ޙުސައިން އަޙުމަދު

- Aug 22, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ދަޢުވާ އުފުލައިފައިވާ ޢަލީ ހައިޝަމް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ނ.މަނަދޫ ނޫރީގޭ ޢަލީ ހައިޝަމަކީ، މެއިމަހުގެ 06 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލުގައި ބޮން ހަރުކުރި މީހާކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެހެންމެ ސައިކަލުގައި ހަރުކުރި އައިއީޑީން އޭނާގެ ޑީއެންއޭ ފެނިފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ހައިޝަމްގެ މައްޗަށް ދަޢުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ ޖުލައިމަހުގެ 29 ގައެވެ. ހައިޝަމްގެ މައްޗަށް ކުރާ ދަޢުވާތަކުގެތެރޭގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއާއި، އެއްތަނުން އަނެއް ތަނަށް ގޮވާއެއްޗެއް އުފުލައިދިނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. މި ދަޢުވާތަކަށް ޖުމްލަ 46 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.








Comments