ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އެކަކު ވެސް ދުލެއްނުކުރަން- ފުލުހުން
- މާހިރު މުޙައްމަދު
- Jul 8, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު ބަންދުން ދޫކޮށްލައިފައިނުވާ ކަމަށް ފުލުހުން ރޭ ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދު އިއްޔެ ނެރުއްވި ޢަމުރުގައި ވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 03 މީހަކު ދޫކޮށްލުމަށް އަންގާފައެވެ. އެ ގޮތުން ޕީޖީ އޮފީހުން ވަނީ އެ 3 މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފައެވެ.
ދޫކޮށްލި 03 މީހުންނަކީ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންކަމަށް ވާހަކަދެކެވެމުންދާ އިރު، ފުލުހުން ބުނީ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކަކު ވެސް ދޫކޮށްލައިފައިނުވާ ކަމަށެވެ.
ނަމަވެސް ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 3 މީހަކު ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލަން ޢަމުރުކުރި ކަމަށެވެ.








Comments