https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބޮމެއް މުލިއާގެ ކައިރީގައި ގޮއްވައިލާނެކަމުގެ އިންޒާރުދިން މީހަކު ދޫކޮށްލައިފި

  • މާހިރު މުޙައްމަދު
  • Jul 9, 2021
  • 1 min read


ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް އެ ތަން ގޮއްވައިލަން އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެތެރެއިން އެކަކު ދޫކޮށްލައިފިއެވެ.


މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވައިލަން އިންޒާރުދެމުން ދިޔަ 2 މީހުން ހައްޔަރުކުރީ މިއަދު މެންދުރުގައެވެ. އެ 2 މީހުން މުލިއާގެ ކައިރިއަށް ގޮސް ތިބިއިރު ބައެއް ސާމާނު ވެސް ހުއްޓެވެ. އެ މީހުންވަނީ އެ ތަން ގޮއްވައިލާނެކަމަށް ބުނެ، އިންޒާރުދީފައެވެ.


އެގޮތުން ފުލުހުންގެ ޚާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެ 2 މީހުން ގެންގުޅުނު ސާމާނުތައް ބެލުމަށް ފަހު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.


ފުލުހުން މިރޭ ބުނީ ހައްޔަރުކުރި 2 މީހުންގެތެރެއިން އެކަކު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.


އެކަކު ދޫކޮށްލައިފައިވާއިރު، ދެން ހުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ގެންދާނެއެވެ. އެނގިފައިވާ ގޮތުން މިއަދު ހައްޔަރުކުރި ދެ މީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ 2 މީހުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page