”ބޮޑު ވަޒީރުކަން ނުލިބިއްޖިއްޔާ ރަސްކަން ލިބޭ ޕެޓިޝަނެއްގައި ސޮއިކުރަން ފެންނޭ“
- ޙުސައިން އަޙުމަދު

- Aug 23, 2021
- 1 min read

ބޮޑުވަޒީރުކަން ލިބިވަޑައިނުގެންފިނަމަ، ރަސްކަން ލިބިވަޑައިގަންނަވާ ޕެޓިޝަނެއްގައި ސޮއިކުރަން ފެންނަކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާރޕާރސަން މޫސާ މަނިިކު ( ރީކޯ )، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ބާރުއެޅުމަށް، ރައީސް ނަޝީދު އިސްވެ ހުންނަވައި ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ.
މޫސަ މިއަދު ވަނީ، އެ ޕެޓިޝަނަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންނަށް ވަކި މަންޒަރެއް ދައްކަން ކުރާ ކަމެއްކަމަށް ވިދާޅުވެ ބަރުލަމާނީއޭ ކިޔައިގެން އޮޅުވައިނުލުމަށް އެދިވަޑައިގެންފައެވެ.
”ތިޔަ ޕެޓިޝަނެއްގައި ސޮއި ނުކުރިޔަސް އާބާދީގެ ބޮޑު އަދަދެއްގެ ސޮއި ތީގަ އޮންނާނެ. ތިކަން ހިނގާނެ ގޮތް އެނގޭ.“ މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ، ރިޔާސީ ނިޒާމުން ވެރިކަންކޮށްފައި، އަދި އޭގެން އަރައި ނުގަނެވި، ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް، އެކަމަށް ވެސް އިޙުތިރާމްނުކޮށް، ގިނަ ޕާޓީތަށް އެކުވެގެން މަޖިލިސްތެރެއިން ބަރުލަމާނީ ހިންގާނެ ގޮތެއް އެނގިވަޑައިނުގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރުކަން ލިބިވަޑައިނުގެންފިނަމަ، ރަސްކަން ލިބިވަޑައިގަންނަވާ ޕެޓިޝަނެއްގައި ސޮއިކުރަން ފެންނަކަމަށް ވިދާޅުވެ، މޫސަ ވަނީ ރައީސް ނަޝީދަށް ވެސް ފާޑު ވިދާޅުވެފައެވެ.








Comments