https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބޮޑު ވަޒީރަކަށްވުމުގެ މަސައްކަތް ދައުރު ނިމެންދެން މަޑުޖައްސައިލާ- ރޮޒައިނާ

  • މާހިރު މުޙައްމަދު
  • Jul 29, 2021
  • 1 min read

ބޮޑު ވަޒީރުކަން ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް،ރައީސް ޞާލހުގެ ވެރިކަމުގެ 5 އަހަރު ނިމެންދެން މަޑުޖައްސައިލެއްވުމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްއަށް ދަންނަވައިފިއެވެ.


ރައީސް ނަޝީދުގެ ބަހުގެ ހަމަލާތައް ރޮޒައިނާއަށް އަމާޒުވެފައިވަނިކޮށް ރޮޒައިނާ ވިދާޅުވީ، 5 އަހަރަށް އިންތިޚާބުކޮށްފައި ހުރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މި 5 އަހަރު ނިންމަވައިލައްވަން ރައީސް ނަޝީދު މަސައްކަތްޕުޅުކުރައްވާން ޖެހޭ ކަމަށެވެ. އަދި ދެން އަންނަ އިންތިޚާބެއްގައި ވާދަކުރައްވައި، ކާމިޔާާބު ކުރައްވަން މަސައްކަތް ކުރިއަށް ގެންދެވުމަކީ މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެހެންނޫނީ އެމްޑީޕީ ހަލާކުވުން ނޫންކަމެއް ނުވާނެ ކަމަށެވެ.


”ތަކުރާރުކޮށް ވިދާޅުވެއްޖެ ތިމަންނަ މި އުޅެނީ ޕްރައިމް މިނިސްޓަރަކަށް ވާން ބޭނުންވެގެންނޭ. އަޅުގަނޑު ހަމަ އާދޭހާއެކު ދަންނަވައިލާން ބޭނުންވަނީ މަޑުޖައްސައިލާށޭ މި ފަސް އަހަރު ނިމެންދެން.“ ރޮޒައިނާ ވިދާޅުވިއެވެ.


2023 ވަނަ އަހަރުގެ ރިޔާސީި އިންތިޚާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެކަމަށްވާނަމަ ބޮޑުވަޒީރަކަށްވެ ވަޑައިގަތުމަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައެވެ.


ނަމަވެސް 2023 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ރައީސް ނަޝީދު ދެކެވަޑައެއް ނުގަންނަވައެވެ.


ރައީސް ނަޝީދު ޤަބޫލުފުޅުކުރައްވާ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު 2023 ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެންދާނެ، އަދި އެއަށް ފަހު ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައި މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އެދޭނެ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page