އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
- Goal mv
- Jul 2, 2021
- 1 min read

މޭމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތައް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުން މައުލޫމާތު ދީފިއެވެ.
އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ވަނީ ކުރުއްވާފައެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.
އެމަނިކުފާނު އާއިލާގެ ފަރާތުން ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް، އެމަނިކުފާނަށް ފަރުވާ ދެމުން އަންނަ ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރު ފަރުވާ ހޯއްދަވަން މިއަދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅުން ހުރި އަށް މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ.








Comments