https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރަނީ

  • މާހިރު މުޙައްމަދު
  • Jul 11, 2021
  • 1 min read

ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް ނިންމައިފިއެވެ.


ސިޓީ ކައުންސިލުން އެ ގޮތަށް ނިންމީ، ޖުލައިމަހުގެ 7 ވަނަ ދުވަހު ބޭއްވުނު، އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި 16 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


އެ ނިންމުގައިވަނީ މިގޮތަށް އުނިކުރުމައްޓަކައިކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ދަފުތަރުގަހައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދެނެގަނެ އެފަރާތްތައް ދަފުތަރުން އުނިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.


އެ ޖަލްސާގައި ނިންމެވި މުހިއް އަނެއް ނިންމުމުގައިވާ ގޮތުން މައިމުޅަވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުން ހިމެނެއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން މާލޭ ސިޓީގެ ރައްޔިތުންގެތެރެއިން މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް ކައުންސިލްގެ މުޅި ޖަލްސާގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.


މައިމުޅަވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދަލުން ނުލިބޭ ޙާލަތް ދިމާވުމެވެ. އެ ގޮތަށް ދިމާވަނީ މައިންބަފައިން ދުނިޔޭގައި ތިއްބައި އަންހެންދަރި ނިޔާވުމުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page