https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބީއެމްއެލްއިން ބޭރުގެ މުއާމަލާތުތަކުގެ ލިމިޓް މަތިކުރަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 15, 2021
  • 1 min read

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ފައިސާ ނެގޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަތިކުރާން ނިންމާފައި ވާކަމަށް ބޭންކުގެ ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކްއަށް ފަސޭހަ އަހަރެއް ނޫން ކަމަށާއި، އެހެން ނަމަވެސް ދިމާވި ޖޮންޖެހުންތަކާއި އެކު މަސައްކަތް ކޮށް މިހާރު ކުންފުނީގެ ހިންގުމަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މިލިބެމުން އަންނަ ކުރިއެރުމާއި އެކު ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައެވެ.


މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު އިތުރު ކުރާނެކަން އިއުލާންކުރެއްވި ނަމަވެސް، ލިމިޓްތަކަށް އަންނަ ބަދަލު އަދި ހިއްސާކޮށްފައެއް ނުވެއެވެ. ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނާ ތަފްސީލުތައް ހިއްސާ ކުރާނެއެވެ.


ކޯވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭންކުން ވަނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން، ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި މުއާމަލާތު ކުރުމަށް ވަގުތީ ލިމިޓުތަކެއް ކަނޑައަޅާފައެވެ. ރާއްޖޭގައި ތިބެގެން ބޭރުގެ މުއާމަލަތު ކުރާ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް 250 ޑޮލަރު ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެންމެ ގިނަ ވެގެން މަހަކު ނެގޭނީ 750 ޑޮލަރުކަމަށް އޭރު ވަނީ ނިންމާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page