ރުފިޔާއިން ފުލުހުންގެ އިދާރާ ޖޫރިމަނާ ކޮށްފި
- މާހިރު މުޙައްމަދު
- Jul 1, 2021
- 1 min read

ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައަކާއި ގުޅިގެން ފުލުހުންގެ އިދާރާ 3000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުންގެ އިދާރާ ޖޫރިމަނާ ކޮށްފައިވަނީ،މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރުކުރި މަޖިލީހެއްގައި ގާޒީގެ ހުއްދަ އާއި ނުލާ ފުލުސް މީހާ ޝަރީއަތުގެ މަޖިލީހުން ބޭރަށް ނިކުތުމުންނެވެ.
ޝަރީއަތުގެ މަޖިލީހުގައި ހާޒިރުވެ އިން ފުލުސް މީހާ އެއްޗެއް ކަމުންދާ ކަން ފާހަގަ ކުރެވިގެން ގާޒީ ދީބާނާޒު ފަހްމީ ވަނީ އަނގަ ސާފު ކޮށްގެން ޝަރީއަތުގެ މަޖިލީހަށް އެނބުރި އައުމަށް އަންގަވާފަ އެވެ. އެގޮތަށް އެންގުމުން ފުލުސް މީހާ ބޭރަށް ގޮސް އަނގަ ސާފުކޮށްގެން އައިސް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ، އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާ ވެސް މަޖިލީހުން ބޭރަށް ވަނީ ނިކުމެފައެވެ.
އެކަމާއި ގުޅިގެން ގާޒީ ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމަވާ ފުލުހުންގެ އިދާރާ 3000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކުގައި 15 ދުވަހަށް ޖަލަށް ލުމާއި، އެއްމަސް ދުވަހަށް ގޭބަންދު ކުރުމާއި، 10،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.








Comments