ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށް ފައިސާ ދެނީ
- މާހިރު މުޙައްމަދު
- Aug 20, 2021
- 1 min read

ބޭނުން ނުކޮށްހުރި ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ނިންމައިފިއެވެ.
އެ ޤާނޫނު އުވައިލީ ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަށްވެފައި، ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތައް ތަޢާރަފުކުރެވިފައިވުމާއެކު، މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި، ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދު ތަކެއް ހިނގާތީއާއި، ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.
ރެވެނިއު ސްޓޭމްޕް ޤާނޫނު އުވައިލީ އިރު ، ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެކަމަށް އެދޭ ފަރާތްތަކުން އަންނަ ނޮވެމްބަރު 15 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މީރާއިން ބުނެއެވެ.
ރަސްމީ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވައިލީ މި އަހަރުގެ ޖުލައި މަހުގައެވެ.








Comments