ބަަރަހަނާ ގިނަ ފޮޓޯތަކެއް ގެންގުޅުނު ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ޙުސައިން އަޙުމަދު

- Sep 2, 2021
- 1 min read

މީހެއްގެ ފޯނު ހެކްކޮށް ފޮޓޯތަކެއް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ
މއ.އިސްޕަންޖުގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު މަސާޢިދު ބިން ސަމީޢުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ސައިބާ ކްރައިމްގެ މި މައްސަލައިގައި މަސާޢިދުގެ ބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެގައެވެ. ކޯޓުން ނިންމީ އޭނާގެ ބަންދަށް އިތުރު 6 ދުވަސް ދިނުމަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ފުލުހުން ވަނީ، މަސާޢިދު ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެހެއް މެދުވެރިކޮށް ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލިކަން އެނގޭ ސްނެޕްޝޮޓްތަކެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ. ހަމައެހެންމެ މީގެ ކުރިން ވެސް މަސާޢިދު އެފަދަ ޢަމަލުތަކެއް ހިންގި ކަމަށާއި، އޭނާ ވަޒީފާއަދާކުރާ އޮފީހުގައި ބޭނުންކުރާ ހާޑް ޑިސްކް ނައްތާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ވަޒީފާއަދާކުރާ އޮފީހާއި، އޭނާގެ ގެއިން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ ތަކެތި ތަހްލީލުކުރަން ވަގުތު ބޭނުންވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން މަސާޢިދުއަކީ ބަރަހަނާ މަންޒަރުތައް ޢާންމުކުރާ ޓެލެގްރާމު ގުރޫޕެއް ހިންގަމުންދިޔަ މީހެކެވެ. ފުލުހުން ބުނީ އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑްޑްރައިވް ތަހުލީލުކުރުމުން އެއް މިލިއަނަށްވުރެ ގިނަ ފޮޓޯއާއި، ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށެވެ. ”މީނާގެ އޮފީހުގެ ވަތްގަނޑުގެތެރެއިން އިތުރު 2 ހާޑްޑްރައިވް ފެނިފައިިވާކަމަށް އައިއޯ ބުނެފައިވޭ. މީނާގެ ގެއިން 7 ހާޑްޑްރައިވް ފެނިފައިިވާކަމަށް އައިއޯ ބުނެފައިވޭ.“ މަސާޢިދުގެ ކޯޓު އަމުރުގައިވެއެވެ. ޕީޖީގެ ފަރާތުން ބުނީ މި މައްސަލައަކީ ގިނަ ބައެއްގެ ވިކްޓިމްސްތަކެއް ހިމެނޭ މައްސަލައަކަށްވާތީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު މި ކުށުގެ ސަބަބުން ގެއްލިފައިވާ ކަމަށާއި، އެ ގޮތުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ކަމަށެވެ.








Comments