ބަނގުރަލާއިއެކު 3 ދިވެހިން ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Jun 27, 2021
- 1 min read

ހުޅުމާލެ އިން ޓެކްސީއެއް ފާސްކޮށް ބަނގުރަލާއިއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި 3 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ރޭ 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގުކުރަމުންނެވެ.








Comments