ބަޅު އިނގިއްޔަކާ އެކު ހަޔާތުގެ ބާކީ އޮތް ތަނުގައި އުޅެން ޖެހޭނީ- ނަޝީދު
- Goal mv
- Jun 27, 2021
- 1 min read

ހަޔާތުގެ ބާކީ އޮތްތަނުގައި އުޅެން ޖެހެނީ ބަޅު މެދު އިނގިއްޔަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުުުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހާލުކޮޅު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. އެގޮތުން އެތެރެ ހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅު ކަމަށް ވިދާޅުވިއެވެ.
ކަނާތުގެ ތިން އިނގިއްޔާއި ވާތު ކަންފަތާއި ފައިގައި ކުޑަ މައްސަލައެއް އެބަ އުޅޭ ކަމަށާއި އެގޮތުން ކަނާތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި އައްސިވެފައި ހުރި އިރު، ޝަހާދަތް އިނގިލި ހުންނަނީ ކުޑަކޮށް ބަޅުވެފައި ކަމަށް ވިދާޅުވިއެވެ.
ވާތު ކަންފަތުގެ ތޫރިއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އަޑުއިވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު އެ ކަންފަތުގެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. މީގެ އިތުރުން ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.








Comments