ބައިލައްކައަށްވުރެ ގިނަ މީހުން ސޮޔާއެކު ބަރުލަމާނީއަށް ބަދަލުވާނެ ތަ؟
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމަށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް، އެ ކަމުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ ޕެޓިޝަނުގައި ސޮއިކުރަން ފެށީ ހުސްވި މަހުގެ 20 ވަނަ ދުވަހުގައެވެ. މާލޭގައި ފެށުނު އެ ހަރަކާތް ފުޅާ ވެގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން އަންނަނީ ޕެޓިޝަނުގައި ސޮއިކުރަމުންނެވެ. ނިޝާން ވިދާޅުވީ މިހާރު ވެސް ގިނަ ޢަދަދަކަށް ފޯމު ލިބިފައިވާ ކަމަށާއި، މި ވަގުތު ލިބިފައި ހުރި ސޮއިގެ ޢަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ބެލި ބެލުމުން 50،000 އަށްވުރެ ގިނަ މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ. ޕެޓިޝަނުގައި މަޖިލީހުގެ 17 މެންބަރަކު ސޮއިކުރައްވާފައިވާއިރު، އޭގެތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ޕެޓިޝަނުގައި ސޮއިކުރައްވަމުންނެވެ.








Comments