https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބައެއް ކްލިނިކްތަކުން ޕީސީއާރް ޓެސްޓުގެ ފޭކް ނަތީޖާ ދޫކުރާކަމުގެ ތުހުމަތު

  • މާހިރު މުޙައްމަދު
  • Sep 8, 2021
  • 1 min read

އެޗްއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގައިގައި ހިމެނޭ ޑޮކްޓަރުންނާއި ގުޅުން އޮންނަ ކްލިނިކްތަކުން ޕީސީއާރް ޓެސްޓުގެ ފޭކް ނަތީޖާތަކެއް ދޫކުރާކަމަށް، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ތުހުމަތު ކުރައްވައިފިއެވެ.


ޢަފީފް މިހެން ވިދާޅުވީ، ހދ.ނޮޅިވަރަމްގައި ކޮވިޑުގެ ހާލަތު ގޯސްވެ، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުގެ އެހީތެރިކަމަށް އެދި ގޮވައިލައްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ)، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.


ޢަފީފް ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުންދަނީ އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުންގެ އިޚުލާސްތެރިކަމެއް ނެތުމުންނެވެ.


”އަޅުގަނޑުމެންނަށް ކޮންފާރމް ނުވިޔަސް ޚަބަރުތަކުން އެކިއެކި ފަރާތްތަކުން ދައްކަވާ ވާހަކައިގައި ޕީސީއާރް ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓް ހަދާފައި ޕީސީއާރް ޓެސްޓުގެ ނަތީޖާކަމަށް ބުނެ ސެޓްފިކެޓް. އާދެ! އެއީ އެޗްއީއޯސީގެ ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަށް ނިސްބަތްވާ ކްލިނިކްތަކުން ދޫކުރަމުންދާ ޚަބަރަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް.“ ޢަފީފް ވިދާޅުވިއެވެ.


މި މައްސަލައާމެދު ކަންބޮޑުވާންޖެހޭކަން ފާހަގަކުރައްވައި ޢަފީފް ވަނީ ހެލްތު މިނިސްޓްރީން އެކަން ބަލަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page