އެވިޑް ކޮލެޖުގެ ޑީންއަކަށް އަޝްރަފް ހަމަޖައްސައިފި
- މާހިރު މުޙައްމަދު
- Aug 24, 2021
- 1 min read

އެވިޑް ކޮލެޖުގައި ”އާރޓްސް އެންޑް ލިޓްރޭޗާރ“ ގެ ނަމުގައި، އަލަށް ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީންކަމަށް ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ހަމަޖައްސަވައިފިއެވެ.
އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާާތެއްގައި، ޑީންކަމުގެ މަޤާމުގެ ލިޔުން އަޝްރަފާއި ހަވާކުރެއްވީ އެ ކޮލެޖުގެ ޗެއަރމަން މުސްތާޤު ރަޝާދެވެ.
އެ ގޮތުން އަޝްރަފް ވަނީ، އެވިޑް ކޮލެޖުން އެ މަނިކުފާނަށް މަރުހަބާ ކިޔުމުން ވަރަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.
ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މުޝްތާޤު ވިދާޅުވީ، އެވިޑް ކޮލެޖަކީ އަބަދުވެސް ދިވެހިބަހާއި، އެކަމާ ގުޅުންހުރި ކަންކަން ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތްކުރާ ކޮލެޖެއް ކަމަށެވެ. އެ ގޮތުން އަލަށް އުފެއްދި ފެކަލްޓީއަކީ ވެސް އެކަންކަމަށް ޚާއްސަކޮށްގެން އުފެއްދި ފެކަލްޓީއެއް ކަމަށެވެ.
އެވިޑު ކޮލެޖުން އަޝްރަފަށް މަރުހަބާ ކިޔާފައިވާއިރު، އަޝްރަފްގެ ޚިދުމަތްތަކުން އެ ކޮލެޖަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.








Comments