އަންހެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި
- މާހިރު މުޙައްމަދު
- Jun 25, 2021
- 1 min read

އައްޑޫ ސިޓީގައި ޢުމުރުން 08 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި، ޢުމުރުން 08 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށެވެ. ހަމައެހެންމެ މި މައްސަލަ ޖެންޑާރ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ޢުމުރުން 08 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.








Comments