އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޖަމީލާ އަވަހާރަވެއްޖެ
- Goal mv
- Jul 1, 2021
- 1 min read

ކޯވިޑު-19ގެ އާލަސްކަންފުޅުގައި ރޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޖަމީލާ އިބްރާހިމްދީދީ އަވަހާރަވެއްޖެއެވެ.
ޖަމީލާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑުގެ އާލަސްކަންފުޅާއި ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރު 12:30 ހާއިރެވެ. ކޯވިޑުގެ އާލަސްކަންފުޅުގައި އެ ކަމަނާ އަވަހާރަވި އިރު ކޯވޑް ވެކްސިންގެ 2 ޑޯޒު ވެސް ވަނީ ފުރިހަމަކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ ބޮޑުވަޒީރު (1954- 1957) ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީއަކީ ނޫރައްދީން ބަންޑާރައިން (1882-1888, 1888-1892)ގެ މުނިކާފަ ދަރިކަނބަލެކެވެ.
ހަމައެހެންމެ ޖަމީލާއަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަޙްމަދު ޝާތިރުގެ އަނބިކަނބަލުންނެވެ.








Comments