އެމްބިއުލާންސް ނުލިބިގެން ބަލި މީހަކު ޕިކަޕެއްގައި އުުފުލަން ޖެހިއްޖެ
- މާހިރު މުޙައްމަދު
- Nov 16, 2021
- 1 min read

އައްޑޫ ސިޓީ ހުޅުދޫގައި އެމްބިއުލާންސް ނުލިބިގެން ބަލި މީހަކު ޕިކަޕެގައި ހެލްތު ސެންޓަރަށް ގެންދަން ޖެހިއްޖެއެވެ.
ހުޅުމީދޫ ހެލްތް ސެންޓަރަށް ބަލި މީހަކު ޕިކަޕެއްގައި ގެންދަން ޖެހުނީ އެމްބިއުލާންސް ފޮނުވައި ދޭން ހެލްތު ސެންޓަރުގައި އެދުމުން އެމްބިއުލާންސްގައި ތެޔޮ ހުސްވެފައި އޮތް ކަމަށް ބުނެ އެމްބިއުލާންސް ނުފޮނުވުމުންނެވެ.
އެމްބިއުލާންއިން ޑީސީލަލް ހުސްވެފައިހުރިކަން އެމްބިއުލާންސް ޑްރައިވަރަށް އޮތީ ބަލައި ނުލެވި ކަމަށާއި އެހެންވެ ބަލި މީހަކު އުފުލަން ޖެހުނުއިރު އެމްބިއުލާންސް އެވަގުތު ނުފޮނުވުނީ އެހެންވެ ކަމަށް ހުޅުމީދޫ ހެލްތް ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އިބްރާހިމް ދީދީ ވިދާޅުވިިިިިިއެވެ.
މި ފަހަކަށް އައިސް ގިނަ ރަށްތަކެއްގައި އެމްބިއުލާންސް ނުލިބިގެން ޕިކަޕްތަކާއި ބަރޯގެެ އިތުރުން ގާޑިޔަލުގައި ވެސް ބަލި މީހުން އުފުލަން ޖެހިފައިވެއެވެ.








Comments