އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ފަށަނީ
- މާހިރު މުޙައްމަދު
- Sep 8, 2021
- 1 min read

ރ.އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފަށާނެކަމަށް، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، އަލިފުށީގައި ހޮސްޕިޓަލެއް އަޅަން ޑިޒައިންކޮށްފައިވާއިރު، އެ ހޮސްޕިޓަލު ގާއިމުކުރާނީ ކޮންއިރަކުތޯ އޮޅުންފިލުއްވެވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ)، ލިޔުމުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ނަސީމް ވިދާޅުވީ އެ މަޝްރޫޢުގެ ބިލް އޮފް ކުއަންޓިޓީ މިހާރު ނިިމިފައިވާ ކަމަށާއި، އެ މަޝްރޫޢުގެ މަރުހަލާ ކުރިއަށް ގެންދަނީ، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، އޭނާގެ ޚިޔާލާއި ލަފާގެ މަތިން ކަމަށެވެ. ހަމައެހެންމެ ހޮސްޕިޓަލު މަޝްރޫޢު ޔޫއެސްބީ މޮޑެލްގެ ދަށުން ކުރިއަށް ގެންދިއުމަށް ބޭރުގެ ކޮންޓްރެކްޓަރެއް ހޮވައި، މިދިޔަ ޖޫން 30 ގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.








Comments