އަލިފުށީ ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައިފި
- ޙުސައިން އަޙުމަދު

- Jul 7, 2021
- 1 min read

ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެެ އިދާރާއިން ބުނީ، ޖުލައި 5 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19000 ރުފިޔާ ހޯދާފައިވާ ކަމަށާއި، އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި، މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.








Comments