އަލިފުށި އެއާރޕޯޓު ވާދޫގައި އަޅާނަމަ ލިބޭނެ ފައިދާ މާބޮޑުވާނެ!
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ރ. އަލިފުށީގައި 451.6 މިލިއަން ރުފިޔާގެ އެއާޕޯޓެއް ތަރައްޤީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އާއި ހަވާލްކުރުމުން އެ އަތޮޅުގެ އުތުރުގައި އޮންނަ 3 ރަށް ނިސްބަތްވާ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބައެއް މީހުން ފާހަގަ ކުރާގޮތުގައި އެކަމުގެ ސަބަބުން ވާދޫ ރަސްގެތީމް އަދި އަނގޮޅިތީމަށް ވެސް ވަރަށް ބޮޑު ތަކުލީފްތަކެއް ލިބިގެން ދާނެއެވެ. ހާއްސަކޮށް އަލިފުށްޓަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ގޮންޖެހުތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ދާއިރާގެ ބައެއް ރައްޔިތުން ފާހަަކުރެއެވެ.
އަނގޮޅިތީމުގެ ޒުވާނަކު ބުނިގޮތުގައި އަލިފުށީގައި އަޅާ އެއާޕޯޓްގެ ސަބަބުން އަލިފުށި ދާއިރާގެ 3 ރަށުގެ ރައްޔިތުންނަށް ވަޒީފާތައް ހުޅުވިގެން ދާނެ ނަމަވެސް ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ގޮންޖެހު މަކަށް ވާނެ. ފެރީ ދަތުރު އޮންނަގޮތާއި އަލިފުށި އުފެދުުގައި ވެސް އޮންނަނީ ރ.އަތޮޅު އަދި ށ.އަތޮޅަށް ވެސް ލައްވާނުލާ.. ވާދޫ އާއި އަލިފުށްޓާއި ކައިރީގައި އޮތް ނަމަ ވެސް ވާދޫއިން ރަސްގެތީމަށް ދިއުމަށް ވުރެ އަލިފުށްޓަށް ދާ ދަތުރު ދިގުވާނެ. އެންމެ ފަސޭހައެއްވާން އޮތީ އަލިފުށިގައި ތަރައްޤީ ކުރަން ނިންމި އެއާރޕޯޓު ވާދޫގައި ތަރައްޤީ ކޮށްގެން ކަމަށް ޒުވާނަ ފާހަގަކުރިއެވެ.
ގާތްގަނޑަކަށް 40.5 ހެކްޓަރުގެ ބިމުގައި 1200 މީޓަރުގެ ރަންވޭ އަކާއި އެއާރޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތް ގާއިމު ކުރާނެ އެވެ. ރ. އަތޮޅުގެ މީހުން އުޅޭ ރަށްތަކާ ދުރުގައި އޮންނަ އަލިފުށިގައި އެއާރޕޯޓް އެޅުމުގެ ހަބަރު ވެގެން ދިޔާއީ ކުށްލި ޝޮކަކަށެވެ.
އެ އަތޮޅުގެ ދެކުނުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ މީހުން ދިރިއުޅޭ 8 ރަށުގެ 10000 ވުރެ ގިނަ މީހުންނާއި 15 ރިސޯޓްގެ ހައްގު އެކަމުގެ ސަބަބުބް ގެއްލިގެދާތީއެވެ. ދެކުނު ބިތުގައި އެއާޕޯޓެއް އަޅަން ވަޢުދުވެފައި އެ އެއާޕޯޓް ކުށްލި ގޮތަކަށް އުތުރުގައި އެޅުމަށް ނިންމުން އެ އަތޮޅު ރައްޔިތުންގެ ޝަކުވާއެކެވެ.








Comments