https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަލިފުށީ އެއަރޕޯޓް ތަރައްޤީކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

  • މާހިރު މުޙައްމަދު
  • Sep 1, 2021
  • 1 min read

ރ.އަލިފުށީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.


މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓާރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. ހަމައެހެންމެ އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރީ ދެ އަހަރުގެ މުއްދަތަކަށެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އެއާޕޯޓު ތަރައްޤީ ކުރުމަށާއި، އެހެނިހެން މަޝްރޫޢުތަކަށް އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްޤީކުރަން ޚާއްސަކޮށްފައިވާ ބިމެވެ. އަލިފުށީގައި އެއާޕޯޓުގައި ތަރައްޤީކުރަން ހަމަޖެހިފައިވަނީ 1200 މީޓަރުގެ ދިގު ރަންވޭއެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page