https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަލިފުށީ އެއާރޕޯޓުގެ ހުވަފެން ދައްކާ އިންތިޚާބު ބިގޭ ކާމިޔާބުކޮށްފި

  • މާހިރު މުޙައްމަދު
  • Sep 26, 2021
  • 0 min read

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އަލިފުށީ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި ރައްޔިތުން މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.


މެންބަރު މުޙައްމަދު ރަޝީދު އަލިފުށީ ދާއިރާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ, އެ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) އާއި ވާދަކުރައްވައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އަލިފުށިން ރަޝީދަށް 145 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޙަސަނަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އަނގޮޅިތީމުން ރަޝީދަށް 33 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޙަސަނަށް ލިބިވަޑައިގެންނެވީ އެންމެ 3 ވޯޓެވެ. ދެން ހުރި ފޮށިތަކުން ވެސް ރަޝީދު އުޅުއްވަނީ ކުރީގައެވެ.


ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޅިޔަނު މުޙައްމަދު ރަޝީދު (ބިގޭ) އަލިފުށީ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިމި ވަނީ، އިންތިޚާބާއި ދިމާކޮށް އަލިފުށި ފަޅު ހިއްކާއި އެއާރޕޯޓު އެޅުމުގެ ހުވަފެން އަލިފުށީ ރައްޔިތުންނަށް ދައްކާއިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page