އދ.ގެ އާންމު މަޖިލީހުގެ ރައީސްއަށް ރާއްޖޭގެ ފޮރިން މިނިސްޓަރަށް ބައްދަލުކުރެއްވިޖެ!
- މާހިރު މުޙައްމަދު
- Oct 8, 2021
- 1 min read

މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖޭގެ ޚަރިޖީ ވަޒީރާ ބައްދަލުކުރެއްވިއްޖެތޯއާއި ޚާރިޖީ ވަޒީރުކަމުގެ ޒިންމާ އެއްފަހަރާ އަދާކުރެއްވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ މީގައި ދިވެހިރާއްޖޭގައި ކަން ކުރާ ގޮތާއި، ބޭރު ދުނިޔޭގައި ކަން ކުރާ ގޮތާއިމެދު ވިސްނާލެވިދާނެ ކަމަށެވެ. މީގެ ކުރިން ވެސް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ މަޤާމުގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ކަމަށް ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ސަމާސާ ގޮތަކަށް ޝާހިދު ވިދާޅުވީ މިހުންނަނީ އިދިކޮޅަށް ޚިޔާލު ފާޅުކުރާނެ ބަޔަކު ތިބޭތީއާއި، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ދައްކާ ވާހަކަތައް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ކެއިން ބުއިމުގެ ކަންކަން ބައްޓަންކުރައްވާ ގޮތާއި، ކަސްރަތު ކުރެއްވުމާއި، އަވަހާރަފުޅުލެއްޕެވުމުގެ ކަންކަން ރޭވިފައި ހުންނަ ގޮތާއި ގުޅޭގޮތުން ވިދާޅުވީ ކަސްރަތު ކުރެއްވޭތޯ އަބަދު ވެސް ބައްލަވާ ކަމަށާއި މަސައްކަތް ކުރެވޭނީ ހަކަތަ ހުރެގެން ކަމަށެވެ. މީހުންނާ ބައްދަލުކުރައްވާ އިރު، ސިކުނޑި ތާޒާކޮށް ހުންނާނީ ކަސްރަތުކުރައްވައި، ރަނގަޅަށް ކޭން ބައްލަވައި، އަދި އަރާމުކުރައްވައިގެން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ޝެޑިއުލް އޮތް ގޮތުން ކަސްރަތު ކުރެއްވުމަށް ކޮންމެވެސް ވަރަކަށް ފަރުވާ ކުޑަ ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ. އަދި ބަރުދަނަށް މާ ބޮޑު ބަދަލެއް އަންނާނެހެން އަދި ހީނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މަސައްކަތުގައި ރާއްޖެއިން ބޭރުގައި ހުންވަންޖެހުމުން އެންމެ ބޮޑަށް ހަނދާންވަނީ ލޯބިވާ މައިންބަފައިންނާއި އާއިލާއާ އަދި ރައްޓެހިންނާއި ދުރުގައި ހުންނަޖެހުމަކީ އުނދަގޫވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ މަތިންވެސް ހަނދާންވާ ކަމުގައި ވިދާޅުވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ދައުލަތުގެ ގިނަ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކި މަޝްވަރާތައް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.








Comments