https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް މިއަދު ފަށަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 6, 2021
  • 1 min read


ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ފަށަން ހައި ކޯޓުން ހަމަޖައްސައިފިއެވެ.


މައްސަލަައިގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މެންދުރު ފަހު 15:15 ގައެވެ.


ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް 7 ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.


އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވެ ހުރީ ކޮންތަނެއްގައި ހުރެކަން ނޭނގޭތީއެވެ.


މީގެ ކުރިން ޕީޖީ އޮފީހުން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ކަމަށެވެ.




 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page