https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޢަލީ ވަޙީދުގެ ދަޢުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފި

  • މާހިރު މުޙައްމަދު
  • Aug 26, 2021
  • 1 min read

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ތާވަލްކުރި، ކުރީގެ ޓޫރިޒަމް މިިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.


ޢަލީ ވަޙީދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި އޭނާ ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައެވެ. އެ ގޮތުން އޭނާގެ މައްޗަށް ދަޢުލަތުން 07 ދަޢުވާއެއް އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުން ބުނީ، ޢަލީ ވަޙީދު ކޯޓަށް ހާޒިރުނުވާތީ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާ ހައްޔަރުކޮށްފައިވާކަން ބަޔާންކޮށް އޭނާގެ ވަކީލުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އިނގިރޭސި ވިލާތުގައި މި ވަގުތު ހުންނެވި ޢަލީ ވަޙީދު ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު ވިސާ ހަމަވެފައިވާތީކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ގޮތުން އޭނާ މިހާރު ހުންނެވީ ޑިޓެންޝަން ސެންޓަރެއްގައިކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފުލުހުން ބުނީ ޢަލީ ވަޙީދު ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާކޮށްފައިނުވާ ކަމަށާއި، އެފަދަ މަޢުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page