https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑުމެން ތާލިބާންގެ ވެރިކަން ބަލައިނުގަންނަ- ޔޫރަޕިއަން ޔޫނިއަން

  • މާހިރު މުޙައްމަދު
  • Aug 23, 2021
  • 1 min read

ޔޫރަޕިއަން ޔޫނިއަން އިން ތާލިބާންގެ ވެރިކަން ބަލައި ނުގަންނާނެ ކަމުގައި ބުނެފިއެވެ.


އަފްގާނުން ފައިބާ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ތާލިބާނާއެކު ކުރިއަށް ގެންދެވޭ މަޝްވަރާތަކަކީ އެއްވެސް ހާލެއްގައި ތާލިބާން ބަލައިގަތް ކަމުގެ ހެއްކެއް ނޫންކަމުގައި އީޔޫއިން ވަނީ ބުނެފައެވެ.

އީޔޫގެ ރައީސް އުރްސުލާ ވޮން ޑި ލެޔިން އީޔޫގެ ކައުންސިލް ރައީސް ޗާލްސް މިޝެލް އާއެކު ސްޕެއިންގެ މެޑްރިޑުގައި ގާއިމުކުރެވިފައިވާ އިވޭކުއޭޝަން ސެންޓަރު ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުގައި ވާހަކަ ދައްކަވަމުން، އަފްގާން ރައްޔިތުން ގައުމުން ބޭލުމުގައި ތާލިބާން އާއި ގުޅުން ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ތާލިބާންގެ ބައެއް އިސް ފަރާތްތަކާއެކު މުއާމަލާތްކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރިއަަށް ދަނީ ކާބުލްގެ އެއާޕޯޓުން ރައްޔިތުން ބޭރުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެކަނި ކަމުގައި އީޔޫގެ ލީޑަރު ވަނީ ވިދާޅުވެފައެވެ. މި މަޝްވަރާތަކަކީ ސިޔާސީ ގުޅުން ރަނގަޅުކަން ރަމްޒު ކޮށްދޭ ހެއްކެއް ނޫން ކަމުގައިވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ''ތާލިބާން އާއެކު އެއްވެސް ސިޔާސީ މަޝްވަރާތަކެއް ކުރިއަކަށް ނުގެންދަން، އަދި ތާލިބާން ސަރުކާރެއް ގޮތުގައި ބަލައެއް ނުގަންނަން'' އެކަމަނާ ވިދާޅުވެފައިވެ އެވެ. އެކަމަނާ އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ތާލިބާންއާއެކު ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ރޭވިގެންދާނީ އެ ޖަމާއަތުން އަފްގާނިސްތާނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރަށް ބެލުމަށްފަހުގައި ކަމަށާއި ހާއްސަކޮށް އަންހެނުންނާއި އަންހެންކުދިންނާ މެދު އަމަލުކުރާ ގޮތްތަކަށް ބެލުމަށްފަހުގައި ކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެގައުމުގެ ތަރައްގީއަށް ކުރިއަށް އޮތް 7 އަހަރަށް އީޔޫއިން ކަނޑައަޅާފައިވާ 1 ބިލިއަން ޔޫރޯ ދިނުމަށް ނިންމާނީވެސް މިކަން ކަމަށް ބެލުމަށްފަހުގައި ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ..

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page