https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑު ހުރިހާ ދުވަހަކު އެމްޑީޕީއަށް ދެރަގޮތެއްވިޔަ ނުދޭނަން- ރައީސް ޞާލިޙް

  • މާހިރު މުޙައްމަދު
  • Aug 18, 2021
  • 1 min read

މި ސަރުކާރުން އެމްޑީޕީއަށް ވެސް އަދި އެ ޕާޓީގެ އެއްވެސް މެންބަރަކަށް ދެރަގޮތެއްވިޔަ ނުދެއްވާނެކަމަށް، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.


ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އެންމެ ވެސް ޝާމިލްކޮށްގެން ކަމަށާއި، މިއީ އެމްޑީޕީގެ ވަރަށް ބޮޑު އަޣްލަބިއްޔަތެއް އޮތް ސަރުކާރެއް ކަމަށެެވެ.

މި ސަރުކާރުގައި އެމްޑީޕީ ވަރަށް ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ރައީސް ވަނީ، ސަރުކާރުން އެމްޑީޕީއަށް ވެސް އަދި ޕާޓީގެ އެއްވެސް މެންބަރަކަށް ދެރަގޮތެއްވިޔަ ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ޕާޓީގެ ތެރެއިންނާއި، ރަށްރަށުގައި މަަސައްކަތްތައް ކުރުމުގައި އެ ރަށުގައި ތިބި ޕާޓީގެ މެންބަރުންގެ ލަފާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިންތިޚާބުތައް ގާތްވުމުން ތަފާތު ކުލަތައް އޭގައި ޖެހޭނެ ކަމަށާއި، ތަފާތު ވާހަކަތައް ދެކެވިގެން އަންނާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އުފެދުނީއްސުރެ އެއް ވިސްނުމެއްގައި ދެމިއޮންނަ ޕާޓީއެއް ކަމަށާއި، އެހެންކަމުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page