https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑު ބޭނުން ވަނީ ހަރާމް އެއްޗެހި ހަލާލުކުރާ އިއްތިހާދެއް- ނަޝީދު

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 13, 2021
  • 1 min read

އެމްޑީޕީއަށް އައު އިއްތިހާދެއްގެ ބޭނުންޖެހިފައިވާ ކަމަށާއި، އެއީ ހަރާމް އެއްޗެހި ހަލާލުކުރާ އިއްތިހާދެއްކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.


ޒާތީ މައްސަލައެއް ނެތް ކަމަށާއި، ފިކުރީ ތަފާތުވުންތަކަކާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ ގޮތުން ދެން ނުހުންނަވާނެ ކަމަށެވެ. ހަމައެހެންމެ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމިން މެދުމިނުގެ ދީނީ ސިޔާސަތަކަށް ތާއީދުކުރައްވާނަމަ، އެ ފަރާތުގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.


މި ވާހަކަތަކުން ރައީސް ނަޝީދު ބޭނުންފުޅުވަނީ އައު އިއްތިހާދަކަށް ދިއުމަށްކަން ސާފުވެއެވެ. އެ ގޮތުން އެ މަނިކުފާނު މިއަދު ވަނީ، ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތްކުރުން ކަމަށާއި، އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ.


”އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.


އައު އިއްތިހާދެއްގެ ވާހަކައަށްފަހު އެ މަނކުފާނު ވަނީ، އެ އިއްތިހާދުގައި ހުންނާންޖެހޭ ޝަރުޠުތައް ވެސް ވިދާޅުވެފައެވެ.


”އެއީ އިންޑިއާ އައުޓަށް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ޙަރާމްނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް.“ ނަޝީދު ވިދާޅުވިއެވެ.


ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއުޒިކަކީ ޙަރާމް އެއްޗެކެވެ. އެހެންކަމުން އެ ހަލާލެއް ނުކުރެވޭނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page