އަޅުގަނޑަކީ މިހާރު އެއްވެސް މީހެއްގެ އަނތްބެއް ނޫން- ދިޔާނާ
- މާހިރު މުޙައްމަދު
- Aug 12, 2021
- 1 min read

ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދަކީ މިހާރު އެއްވެސް މީހެއްގެ އަނތްބެއް ނޫން ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން މިހާރު އެއީ އެވެސް މީހެއްގެ އަނތްބެއް ނޫންކަމަށް ހާމަކުރައްވާފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އެގޮތުން އެކަމަނާ ޓެގްކުރައްވާ ރާއްޖޭގެ ސިޔާސީ އަދި ވިޔަފާރިވެރިންގެ ތެރެއިން ބޭފުޅެއްގެ އަނބިކަބަލެއް ކަމަށް ވިދާޅުވެ މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދުދެވަމުން އެބަސް އެކަމަނާއަށް ރައްދު ނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ދިޔާނާ މިގޮތަށް ވިދާޅުވެފައި ވާއިރު، މީގެ ކުރިން މެންބަރު ޖާބިރު ވަނީ ދުވަހަކުވެސް އެކަމަނާ ވަރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެދެމަފިރިން އުޅެމުން ދަނީ ވަރަށް ލޯބިން ކަމަށާއި އެކަމަނާއަށް ގޮތެއް ވެއްޖެނަމަ ވަރަށް ދެރަވާނެ ކަމަށް އެކި ފަހަރުމަތިން ވަނީ ވިދާޅުވެފަވެއެވެ. އޭގެ އިތުރުން ދިޔާނާ ވެސް ވަނީ އެކަމަނާގެ ޖާބިރުގެ ދިފާއުގައި އެކި ފަހަރުމަތިން ވާހަަކަދައްކަވާފައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޖާބިރުގެ ދިފާއުގައި ގިނަ ޓްވީޓުތައް ވެސް އެކަމަނާ ވަނީ ކުރައްވާފައެވެ. ވަކި ނުވާނެ ޖޯޑެއް ކަމަށް ގިނަ ބަޔަކުު ބުނަމުން ދިޔަ މިޖޯޑު ވަކިވުމާއެކު އާންމުން ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.








Comments