https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަކަރަކަރާ އިން އައްސިވުމާއި ބުރަކަށީގެ ރިހުމުގެ އިތުރުން ރާއްޖެބައްޔަށް ފަރުވާ ކުރެވޭ..

  • މާހިރު މުޙައްމަދު
  • Jun 19, 2021
  • 1 min read

Updated: Jun 19, 2021


އަކަރަކަރައަކީ ހުޅުހުޅުގައި ރިއްސުމަށާއި، ހުޅު ދުޅަވުމަށް ފަރުވާ ކުރުމަށް ދިވެހި ބޭސްވެރިކަމުގައި ފާހަގަ ކޮށްލެވެނީ ބާވަތެކެވެ. އެގޮތުން ރާއްޖެބައްޔާއި އައްސިވުމަށް އަދި ބުރަކަށީގެ ރިހުމަށް ގޭގައި ފަސޭހަކަމާއެކު އަކަރަކަރާ އިން ތައްޔާރު ކުރެވޭނެ ބޭހެ މިހާހިސާބުން ބަލާލާނަމެވެ.


މި ބޭސް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތީގެ އިތުރުން މި ބޭސް ބޭނުން ކުރާނެގޮތް:

ބޭނުންވާނެ ތަކެތި:

10 ގްރާމް އަކަރަކަރާ.

600 އެމްއެލް ވާރޭ ފެން.

180 އެމްއެލް މާމުއި.


ތައްޔާރު ކުރާނެގޮތް:

އަކަރަކަރާ ކުދިކުދިކޮށް ތަޅާ ހިމުންކޮށް މުގުރައިގެން ފެނަށް އަޅާއި 1/3 ފެން ހިދެންދެން ކައްކާށެވެ. ފެންފޮދު ހިދުމުން ފޮތިކޮޅަކުން ފުރާނައި ދިޔަ ހުސްވަންދެން ބޮޑިގަޑު ފެލާލާށެވެ. އެއަށް ފަހު މާމުއި އަޅައިގެން ކައްކައި ބޮކި ޖަހާ ވަރަށް ކެކެން ފެށުމުން ރަނގަޅަށް ހަލާއި އެއްކޮށްލާށެވެ. 3 ވަރަކަށް މިނެޓް ކެއްކައި ގަރު ނެގުމަށް ފަހު ބާލާށެވެ.


ބޭސް ބޭނުން ކުރަންވީ ގޮތް:

3 އިރު އިރަކު 2 ސައިސަމުސާ، 1 ހަފްތާ އިން ފެށިގެން 3 ހަފްތާ އާއި ދެމެދުގެ މުއްދަތަކަށް މެދުނުކެޑި ބޭނުން ކުރެވިދާނެއެވެ.


ނޯޓް: މި ބޭހަކީ ރާއްޖެބައްޔާއި އައްސިވުމަށް އަދި ބުރަކަށީގެ ރިހުމަށް ވެސް ބޭނުން ކުރެވިދާނެ ބޭހެކެވެ. ބޭސް ތައްޔާރު ކުރުމަށް ފަހު 1 ހަފްތާ ވަންދެން ހަލާކުނުވެ ހުންނާނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page