އެއާރޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާ ވެއްޖެ
- މާހިރު މުޙައްމަދު
- Oct 6, 2021
- 0 min read

ދިވެހިރާއްޖޭގެ މައި އެއާރޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާ ވެއްޖެއެވެ.
އެއަރޕޯޓް ގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ވޯރކްވޭ ފެންސްގައި ޖެހި ފެންސް ފަޅާލާ ވޯރކްވޭ މައްޗަށް އަރާ އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 15:28 ހާއިރު އެއިދާރާއަށް ލިބިފައި ވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި 03 މީހަކަށް އެކިވަރުގެ އަނިޔާ ވެފައި ވާކަމަށާއި، އަނިޔާވެފައި ވަނީ 03 ފިރިހެނުން ނަށް ކަމަށާާާއި އެމީހުންނަށް އެއަރޕޯޓް މެޑިކަލް ޕޮއިންޓްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.








Comments