އެއަރޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
- Goal mv
- Jul 10, 2021
- 1 min read

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ ފަތުރުވެރިއެއްގެ ދަބަހުން ކަމަށާއި، އެ މައްސަލަ ހުށަހެޅުނީ މިއަދު ހެނދުނު 09:52 ގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަމެއް ފުލުހުން ވިދާޅެއްނުވެއެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.








Comments