https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެއާއޭޝިއާގެ ބައިނަލްއަގުވާމީ ދަތުރުތައް އަންނަ މަހު ރާއްޖެ-ބެންކޮކް ފަށަނީ

  • މާހިރު މުޙައްމަދު
  • Nov 16, 2021
  • 1 min read

މެލޭޝިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ، އެއާއޭޝިއާ އިން ތައިލެންޑުގެ ބެންކޮކާއި ރާއްޖެއާ ދެމެދު އަންނަ މަހު އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.


ބެންކޮކުގެ ޑޮން މުއެންގް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އެ ދަތުރުތައް ފަށާނީ އަންނަ މަހުގެ 22ގައެވެ. އެ ދަތުރުތައް ފަށާއިރު ހަފުތާއަކު ދެ ފްލައިޓް ބާއްވާނެއެވެ. އެއީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހަކުއެވެ.


ދަތުރުތައް ފެށުމާ ދިމާކޮށް އެއާއޭޝިއާ އިން ވަނީ ހާއްސަ އަގެއްގައި ޓިކެޓު ވިއްކަން ފަށައިފަ އެވެ. އެގޮތުން މިމަހުގެ 28ގެ ކުރިން ޓިކެޓް ނަގާ މީހުންނަށް އެއްކޮޅަށް 1،990 ތައި ބާޓު ނުވަތަ 939 ރުފިޔާއަށް ޓިކެޓް ގަނެވޭނެއެވެ.


ތައި އެއާއޭޝިއާގެ ސީއީއޯ ސަންތިސުކް ލޮންޗަޔާ ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު އެ އެއާލައިނުން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެ ހިޔާރު ކުރީ ކޮވިޑަށް ފަހު އެންމެ ވަރުގަދައަށް ތެދުވި އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ގައުމަށްވާތީ ކަމަށެވެ.


"ރާއްޖެ އޮތީ ހުރިހާ ޓޫރިސްޓުންނަށް ހުޅުވާލާފައި. އަދި ވިޔަފާރިތައް ވަނީ މެހެމާނުންނަށް މަރުހަބާ ކިޔަން ތައްޔާރަށް. އޭގެ އިތުރުން ކަރަންޓީނާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ އިރު، ވިސާ ވެސް ނަގާކަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ.


މިއީ ކޮވިޑަށްފަހު ތައިލެންޑުގެ ބޯޑަރުތައް ހުޅުވާލި ފަހުން އެއާއޭޝިއާގެ ތައިލެންޑް ގޮފިން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ދަތުރެވެ.


ކޮވިޑަށް ފަހު ތައިލެންޑުގެ ބޯޑަރުތައް ވަކި ގައުމުތަކަކަށް މިމަހުގެ އެކަކުން ފެށިގެން ހުޅުވާލަފައިވާ އިރު، ކަރަންޓީނާ ނުލައި މިހާރު ދިވެހިންނަށް ތައިލެންޑަށް ދެވެއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page