https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަހަރެން މި ހުރީ އިމާމް އަޙްމަދު ބިން ޚަންބަލް ހުންނެވި ގޮތަށް- ޑރ.އިޔާޟް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 27, 2021
  • 1 min read


ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ދެން ހުންނަވާނީ އިމާމް އަޙްމަދު ބިން ޚަންބަލް ހުންނެވި ގޮތުގެ މަތީގައިކަމަށެވެ.


އޭނާ މިހެން ވިދާޅުވެފައި މި ވަނީ އަންހެންކުދިން ޚިތާނުކުުރުމާއި ގުޅޭގޮތުން ބަހުސް ހޫނުވެފައިވާ ދަނޑިވަޅަކުއެވެ.


ޑރ.އިޔާޟް ވިދާޅު ވަނީ އަންހެން ކުދިން ޚިތާނުކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނުމަކީ ދޮގެއް ކަމަށާއި، އެއީ އޮތްކަމެއް ކަމަށެވެ. ނަމަވެސް ވާޖިބެއް ނޫން ކަމަށެވެ.


”އަންހެނުން ޚިތާނު ކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެ. އަޅުގަނޑު މިހެން ބުނެގެން ކޮންމެފަދަ އަދަބެއް ދިންނަމަ ވެސް މައްސަލައެއް ނެތް.“ ޑރ.އިޔާޟް ވިދާޅުވިއެވެ.


ހަމައެހެންމެ އެ ވިދާޅުވަނީ ތެދުކަން ހާަމަވާނެ ދުވަސް އަންނާނެ ކަމަށް ވެސް ޑރ.އިޔާޟް ވިދާޅުވިއެވެ.


”މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް އަދަބު ދެވުނު. ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި.“ ޑރ.އިޔާޟް ވިދާޅުވިއެވެ.


އެހެންކަމުން ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދެއްވައިގެން އަދަބު ދިން ނަމަވެސް، ފަތުވާ ބަދަލެއް ނުކުރައްވާނެ ކަމަށް ޑރ.އިޔާޟް ވިދާޅުވިއެވެ.


ދެން ހުންނަވާނީ އިމާމް އަޙްމަދު ބިން ޚަންބަލް ހުންނެވި ގޮތުގެ މަތީގައި ކަމަށް، ޑރ.އިޔާޟް ވިދާޅުވާ އިރު، އިމާމު އަޙްމަދުގެ ޒަމާނުގައި ޤުރުއާނަކީ މަޚުލޫޤެއްކަމުގައި އޭރުގެ ވެރިން ބުނަމުންދިޔައެވެ. ނަމަވެސް ޤުރުއާނަކީ މަޚުލޫގެއް ނޫން ކަމަށާއި، އެއީ ރައްބުގެ ކަލާމްފުޅުކަމުގައި ފާޅުގައި ވިދާޅުވަމުން ގެންދެވިއެވެ. އެ ގޮތުން އެކަލޭގެފާނަށް އެކި ކަހަލަ ހާނިއްކަކޮށް އަނިޔާކުރެވެމުން ދިޔައެވެ. ނަމަވެސް އެ ކަންކަމަށް ކެތްކުރައްވައި، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ އަޤީދާ ހިމާޔަތް ކޮށްދެއްވިއެވެ.


އެ ގޮތުން އެކަލޭގެފާނަށް ސުންނަތުގެ އަހުލުވެރިންގެ އިމާމުގެ ނަމުން ވެސް ނަންދެވިފައިވެއެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ޑރ.އިޔާޟް މި މޭރުމުން ވާހަކަދައްކަވަމުން ގެންދަވާއިރު، ޤައުމީ ޔުނިވަރސިޓީން ވަނީ އޭނާއާމެދު ފިޔަވަޅު އަޅަން ވެސް ނިންމައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page