https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިޔާސީ މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާކަށް ނޫޅޭނެ- އާޒިމް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 1, 2021
  • 1 min read


ސިޔާސީ މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅެފާނެ ކަމަކަށް ނުވަތަ އުޅޭނެ ކަމަކަށް ޤަބޫލުނުކުރައްވާކަމުގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.


އާޒިމް މިހެން ވިދާޅުވީ، ސަރުކާރިގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.


އާޒިމު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ބިލުގައި ވަރަށް ފުރިހަމައަށް ލިޔެވިފައިވާ ކަމަށެވެ.


އާޒިމް ވިދާޅުވީ ސިޔާސީ ފައިދާއެއް ނެގުމަށްޓަކައި ވާދަވެރި ފަރާތްތައް ބަންދުކުރަން ނުވަތަ އެކީގައި ތިބި ފަރާތްތައް ބަންދުކުރަން ވެސް މި ޤާނޫނު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.


”އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅެފާނެ ކަމަކަށް އަދި އުޅޭނެ ކަމަކަށް ވެސް“ އާޒިމް ވިދާޅުވިއެވެ.


ނަމަވެސް ޓެރަރިޒަމްގެ ޢަމަލުތައް މި ރާއްޖޭގައި ހިންގުމަށް ބާރުއަޅާ ބިދޭސީން ރާއްޖޭގައި ގިނަވަމުންދާ ކަމަށާއި، އެކަމާ ވިސްނައިލަންޖެހޭ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page