އާ ފީޗާތަކާއެކު ބީއެމްއެލް އިން އާ އެޕެއް ތައާރަފްކުރަނީ
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
Updated: Jun 19, 2021

ގިނަ ފީޗާތަކާއެކު ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގެ އައު އެޕްލިކޭޝަން ތައާރަފް ކުރުމަށް ތައްޔާރު ވެއްޖެއެވެ.
އެޕްލިކޭޝަން އާއި ބެހޭ ގޮތުން އެ ބޭންކުން ބުނީ، މި އެޕްލިކޭޝަން އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި މި އެޕްލިކޭޝަން އިން ކަސްޓަމަރުން ބޭނުންވާ ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށާއި، މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދޭނެ ކަމަަށް އެ ބޭންކުން ބުންޏެވެ.








Comments