732 ބިޔަރު ދަޅާއެކު މީހަކު ހައްޔަރުކޮށްފި
- ޙުސައިން އަޙުމަދު

- Jul 13, 2021
- 1 min read

732 ބިޔަރު ދަޅާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ޤާނޫނާއި ޤަވާއިދާ ޚިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބުނު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބިޔަރު ދަޅުތައް ފެނުނީ، މާލޭގެ ގެއަކާއި، ގަރާޖެއް ބަލައި ފާސްކުރި ކުރުމުގައި ކަމަށާއި، މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.








Comments