https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

2023 ގެ ރިޔާސީ އިންތިޙާބުކުގެ ކުރިން ނަޝީދު ބޮޑުވަޒީރު ކަމަށް ކުރިމަތިލަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 6, 2021
  • 1 min read


2023 ވަނަ އަހަރުގެ ރިޔާސީި އިންތިޚާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެކަމަށްވާނަމަ، ބޮޑުވަޒީރަކަށްވެ ވަޑައިގަތުމަށް ކުރިމަތިލައްވާނެކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުން ގެނެސްދޭ ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އެހެން ވިދާޅުވިިިިިިއެވެ.


ރައީސް ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާކަމަށްވާނަމަ، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.


އެހެންނަމަވެސް 2023 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ރައީސް ނަޝީދު ޤަބޫލެއްނުކުރައްވައެެވެ.

އެ މަނިކުފާނު ޤަބޫކުރައްވާ ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، 2023 ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އަދި އެއަށްފަހު ރައްޔިތުން މަޖިލީހުން ސަރުކާރު އެކުލަވައިލާނެއެވެ. އެ ގޮތުން މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އެދޭނެކަމަށެވެ.


2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވާދަކުރައްވާނަމަ އެ މަނިކުފާނަށް ތާއީދުކުރައްވާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮވެއްޖެނަމަ ކެންޑިޑޭޓަކީ ”އަޅުގަނޑު“ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page