https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

2023ގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރާނީ ޖޭޕީން- ރިޔާޟް

  • މާހިރު މުޙައްމަދު
  • Aug 31, 2021
  • 1 min read

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރާނީ ޖުމްހޫރީ ޕާޓީންކަމަށް، އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވެއްޖެއެވެ.


ޖޭޕީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުމަށް މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ރިޔާޟް ވިދާޅުވީ ކޮންމެ ވެރިކަމެއް ގެނައުމުގައި ޖޭޕީގެ ދައުރު ބޮޑުކަމަށާއި، މަގުމައްޗަށް ނުކުމެ ޖޭޕީން މުޒާހަރާ ނުކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރާ ކަމަށެވެ. ނަމަވެސް މަގު ނުކުމެ މުޒާހަރާ ކުރުމަކީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބޭނުންވެވަޑައިގަންނަވާ ގޮތް ނޫންކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.


”އަޅުގަނޑުމެން އެކަން ކުރާނީ 2023 ގެ އިންތިޚާބުގައި ވާދަކޮށް، ބޮޑު ތަފާތު ނަތީޖާއަކުން އިންތިޚާބު ކާމިޔާބު ކޮށްގެން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެ ގޮތަށް އަޅުގަނޑުމެން މަަސައްކަތް ކުރާނީ.“ ރިޔާޟް ވިދާޅުވިއެވެ.


މީގެ އިތުރުން ރިޔާޟް ވިދާޅުވީ ޖޭޕީއަށް މީހުން އިތުރު ވަނީ ޤާސިމް މާ ބޮޑު މަސައްކަތްތަކެއް ކުރައްވައިގެން ނޫން ކަމަށާއި، ޕާޓީއާއި ގުޅެމުންދާ މީހުންނަކީ އަމިއްލައަށް ބޭނުންވެގެން ގުޅޭ މީހުން ކަމަށެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރަން ސީދާ ޤާސިމް ނިކުމެވަޑައިގެންފިނަމަ، 24 ގަޑިއިރުތެރޭގައި އެތަކެއް ބަޔަކު ޕާޓީއާއި ގުޅޭނެކަމަށް ވެސް ރިޔާޟް ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page