https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ވާދަކުރެވޭނެ- ނަޝީދު

  • މާހިރު މުޙައްމަދު
  • Jul 6, 2021
  • 1 min read


2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަކުރެއްވެން ޖެހޭނެކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުން ގެނެސްދޭ ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީސް ރައީސް ނަޝީދު މިހެން ވިދާޅުވިއެވެ.


ރައީސް ޔާމިނާއި ގުޅޭ ގޮތުން ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިނަށް ދެރަގޮތެއްވާން ބޭނުންފުޅުނުވާ ކަމަށެވެ. ”ރައީސް ޔާމިނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ރައީސް ނަޝީދު ޤަބޫޫޫޫޫލެއްނުކުރައްވައެެވެ. ނަމަވެސް ރަައީސް ނަޝީދު ޤަބޫލުކުރައްވާ ގޮތުގައި, ރާއްޖޭގެ ވެރިކަމުގެ ނިޒާމު، 2023 ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމައި, ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތެއް އަދިއެއް ނެތެވެ. ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، މި މައްސަލަ ސްޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.


ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު އަދި ނެތް ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 2023 ވަނަ އަހަރު ރައީސް ޔާމިން ހުންނަވާނެކަމަށް، އެ ކޯލިޝަނުން ޤަބޫލުކުރެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page