2023ގައި މަޤާމް ހޯދަން މަލީހު ޕީޕީއެމްއަށް، ރައީސް ޔާމިން ވަރެއް މަލީހް ނުވެސް ނެތް
- ޙުސައިން އަޙުމަދު

- Jul 20, 2021
- 1 min read

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަކީ ވަރުބަލިފުޅުވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ވަރުގަދަ ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު، ރައީސް ޔާމިނަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.
ރޭ މަލީހް ވަނީ ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންފައެވެ. މަލީހް ޕީޕީއެމްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް ފަހު މަލީހް ވަނީ ރައީސް ޔާމިން މިނިވަން ކުރަން ގޮވާލައި 2023 ވަނަ އަހަރުގައި ރައީސް ޔާމިން ވެރިކަމަށް ގެންނަވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ރައީސް ޔާމިނަކީ ވަރުބަލިފުޅުވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ވަރުގަދަ ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. މިއަދު ފެނިގެންދަނީ ސިއްކައާއި، ސައްތާރާއި 2 ބޭފުޅުންގެ ކޯޅުމުން ޤައުމު ހުއްޓުމަކަށް އައިސްފައި ވާ މަންޒަރުކަމަށާއި، އެއީ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫންކަމަށެވެ.
ޕީޕީއެމްގެ ސަރުކާރުގައި ފުރަތަމަ މަސް ދުވަހުގެތެރޭ ކުރި މަސައްކަތް، އެމްޑީޕީގެ ސަރުކާރުގެ 3 އަހަރުތެރޭ ކުރެވިފައިނުވާކަން ވެސް މަލީހް ވަނީ ފާހަގަކުރައްވައިފައެވެ.








Comments