https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަނީ

  • މާހިރު މުޙައްމަދު
  • Aug 16, 2021
  • 1 min read

މަރާލައިފައި ހުޅުމާލޭ 2 ވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މަރުގެ މައްސަލައިގެ ތަޙްޤީޤު ނިންމައި، ތުހުމަތުކުރެވޭ 2 މީހެއްްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާރ ޖެެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ނ.ލަންދޫ، ބަގީޗާގޭ ޢުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންއާއި، ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ އެ މައްސަލައިގައި ދަޢުވާކުރުމާމެދު މި ހަފުތާތެރޭގައި ޕީޖީ އޮފީހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ މައްސަލައިގައި ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތު އުފުލައިފައިވާ ޒިހާން ވަނީ ޝަރީޢަތް ނިމެންދެން ޒިހާން ބަންދުކޮށްފައެވެ. ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން، އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައި ހުޅުމާލޭ 2 ވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލައިފައި އޮއްވައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page